މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކްލެމެންސީ ބޯޑަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ޢައްޔަންކުރަން މަޖިލީހުން ފާސްކޮށްފިއެވެ.
ކްލެމެންސީ ބޯޑަކީ މީހަކު ކުރި ކުށަކާ ގުޅިގެން އެ ކުށެއް މަޢާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، ރައީސްގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް، އެ އިލްތިމާސްއާ ގުޅޭގޮތުން ލަފާ ދިނުމަށް އެކުލަވާލާފައިވާ ބޯޑެކެވެ. އެ ބޯޑު އެކުލެވިގެންވަނީ 11 މެންބަރުންގެ މައްޗަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، ޝުޖާއު އެ ބޯޑަށް އައްޔަން ކުރަން މިއަދު ނެގި ވޯޓުގައި 87 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އޭނާއާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ