މާލޭގެ އެކި ސަރަހައްދުތަކަށް ކުނި އެޅި 400 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލޭގެ މަގުތަކަށް ކުނިއެޅުމުގެ މައްސަލަ ބޮޑުވީ މިދިޔަ ރޯދަ މަހުއެވެ. ރޯދައަށް ތައްޔާރުވުމުގެ ގޮތުން ގެތަކުން ނެރުނު ކުނިތައް މާލޭގެ އެކި ސަރަހައްދުތަކުގައި ފުނިޖެހި، މާލެ ގޮނޑުވިއެވެ. އެ ކުނިތައް ނެގުމަށް މާލެ ސިޓީ ކައުންސިލާއި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރިއެވެ.
ރާއްޖެޓީވީ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް މިރޭ ވިދާޅުވީ މާލެއަކީ އެއްވެސް އުސޫލެއް ގަވާއިދެއް ނެތް ތަނެއްގެ ގޮތުގައި މީހުން ދެކޭ ކަމަށާއި އެ ގަބޫލު ކުރުން ބަދަލުކޮށް، މާލެއަކީ "ކުޅޭކުޅޭ ތަނެއް" ނޫންކަން އިހްސާސްކޮށްދެއްވާނެ ކަމަށެވެ.
މާލޭގައި ހިންގާ ކުށްތަކާއި އެހެނިހެން މައްސަލަތައް ހައްލު ކުރުމަށް މުއައްސަސާތަކާ އެކު، މަސައްކަތް ކުރަމުންދާ ކަމަށާއި ސަރުކާރުގެ އެއްބާރުލުން އެކަމަށް ލިބެމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރައްވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
"މާލޭގެ މަގުތަކަށް ކުޅިއަޅާ ބިދޭސީންނަށް މާލޭގައި އެއް ދުވަހު ވެސް އުޅެވިގެން ނުވާނެއޭ. އެ މީހުން ޑީޕޯޓޭކޮށްލަންޖެހޭނީ. އެކަންތައް، އެގޮތަށް ނުކޮށެއް، މާލެ ސިޓީއަށް ހައްލެއް ނުލިބޭނެ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މާލެއަކީ ގަވާއިދެއް އުސޫލެއް ނެތްތަނެއްގެ ގޮތުގައި ބާއްވައިގެން މާލެގައި ދިރިއުޅޭ ރައްޔިތުންނަށް ދުވަހަކުވެސް އަމާން މާލެއެއް ނުލިބޭނެ ކަމަށެވެ.
"ހާހެއްހާ މީހުން މި ހުރިހާ ސަކަރާތެއް ޖަހާއިރުގައި، އެ 1،000 މީހުން ސަލާމަތްކުރުމަށްޓަކާ 200،000 މީހުން ގުރުބާނެއް ނުކުރެވޭނެ. ދެ ލައްކަ މީހުންނަށްޓަކާ 1،000 މީހުންނަށް އަޅަންޖެހޭ ފިޔަވަޅު އައި، ގާނޫނުގެ އިމުގެ ތެރެއަށް ވެއްދީމަ، ހުރިހާ އެންމެނަށް ވެސް އުފާވާނެ،" އާޒިމް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ