ފުވައްމުލަކުގައި ޑައިވިންއަށް ދިޔަ ފަތުރުވެރިއަކު، މައްޗަށް އެރިފަހުން ހާލުދެރަވެގެން މަރުވެއްޖެއެވެ.
މަރުވެފައި ވަނީ 70 ޗައިނާ ޓޫރިސްޓެކެވެ. އޭނާ ޑައިވިންއަށް ދިޔައީ ފުވައްމުލަކު "ޓައިގާ ޝާކް" ޕޮއިންޓަށެވެ.
ފުލުހުން ބުނީ ފަތުރުވެރިޔާގެ ހާލު ދެރަވީ ޑައިވިން ނިންމާލައި، ދޯންޏަށް އެރިފަހުން ކަމަށާއި އިތުރުފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށެވެ.
"ހާލަތު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު 11:26 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ" ފުލުހުންގެ މީޑިއާއިން ބުންޏެވެ.
"މި ހާދިސާއާ ގުޅިެގން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން،" ފުލުހުން ބުނެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ