ޏ. ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ކުޑަކުއްޖަކު މަރުވި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުއްޖާގެ އާއިލާއިން ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމާ މެދު ގޮތެއް ނިންމަން ދައުލަތަށް މިއަދު ފުރުސަތު ދީފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެނިކޮށް 2021 ވަނަ އަހަރު ސަދާ މަރުވި މައްސަލާގައި، އެ ކުއްޖާގެ އާއިލާއިން ދައުލަތާ ދެކޮޅަށް ދައުވާކުރަނީ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލުން އެ ކުއްޖާ މަރުވެފައިވާތީ އެވެ. އެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ނިންމާފައި އޮތީ ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށެވެ.
ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސަދާގެ މައިންބަފައިންގެ ވަކީލުން ބުނީ އެ މައްސަލާގައި ގެއްލުމުގެ ބަދަލާ މެދު ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ތައްޔާރަށް ތިބި ކަމަށެވެ. ނަމަވެސް އެގޮތަށް ހައްލު ކުރެވޭނީ ސަދާގެ މައްސަލާގައި ދައުލަތުގެ އިހުމާލު އޮތް ކަމަށް ދައުލަތުން އެއްބަސްވާ ނަމަ ކަމަށް ވަކީލުން ބުންޏެވެ.
ދައުލަތުގެ ވަކީލުން ބުނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ސަދާގެ މައިންބަފައިން ބޭނުންވާކަން އެނގިފައިނުވާ ކަމަށެވެ. ނަމަވެސް އެގޮތަށް ބުނާތީ, ވެރިންނާ މަޝްވަރާ ކުރުމަށްފަހު އެކަމުގައި ޖަވާބެއް ދޭން ފުރުސަތަކަށް ދައުލަތުން އެދުނެވެ.
ސިވިލް ކޯޓުން މިއަދު ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމާ މެދު ގޮތެއް ނިންމަން ދައުލަތަށް ދެ ދުވަހުގެ ފުރުސަތެއް ދީފަ އެވެ. އަދި އެގޮތަށް ދައުލަތުން ބޭނުންވާ ނަމަ ޝަރީއަތް މަޑުޖައްސާލާނެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ