ޓާމިނަލް ކެފޭއެއްގެ ތެރޭގައި ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މުހައްމަދު މަފާޒް ހުސައިން ސަލީމް ޝަރީއަތް ނިމެންދެން ބަންދުކުރަން ދައުލަތުން ހައި ކޯޓުގައި މިއަދު އެދެފި އެވެ.
ޖުލައި، 2017 ގައި ހަމަލާދީ މަރާލި މައްސަލާގައި ގ. ޝާރާޒް މަފާޒާއި ދައުލަތުން ދައުވާކުރީ ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން އޮތީ އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލާގައި މަފާޒް ފިޔަވައި ދެން ތިބި މީހުން ބަންދުކުރަން ދައުލަތުން ކުރިން ހައި ކޯޓުގައި އެދުމުން އޭރު ހައި ކޯޓުން ނިންމީ އޭގެ ތެރެއިން ނިފާޒް ބަންދު ކުރުމަށެޥެ. އޭރު މަފާޒް ބަންދު ނުކުރީ އެހެން މައްސަލައެއްގައި އޭނާ ބަންދުގައި ހުރުމުންނެވެ.
ނަމަވެސް ހައި ކޯޓުގައި މިއަދު ބޭއްވި ދައުލަތުން އެދުނީ ކުރީގެ މައްސަލާގައި މަފާޒް ބަންދުން މިނިވަންވެފައިވާތީ އާއި މަފާޒްގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ މަފާޒް ބަންދު ކުރުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން މަޒީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ އިސް ފަނޑިޔާރު ޝަހީދެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ