ސްޓެލްކޯ އިން ކަރަންޓްގެ ހިދުމަތް ދޭ ރަށްރަށުގައި އާ އިންޖީނުގެތައް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށަން ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ކަރަންޓްގެ ހިދުމަތް 33 ރަށެއްގައި ދެމުން އަންނަ ކަމަށެވެ. އަދި އެ 33 ރަށުގެ އިންޖީނުގެތައް ހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ވަރަށް ކައިރީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވީ އެ ތަންތަން އެހެން ސަރަހައްދަަކަށް ބަދަލުރުމަކީ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"މި އަހަރު އިރާދަ ކުރެއްވިއްޔާ އެ ރަށްތަކުގައި އާ ޕަވަ ހައުސްތައް އެޅުމުގެ މަސައްކަތް ފަށައި ގަންނާނަން،" ފަހުމީ ފާހަގަކުރެއްވިއެވެ.
ފަހުމީ ވިދާޅުވީ އެ މަސައްކަތް މިހާތަނަށް ނުކުރެވި އޮތީ ރަށްރަށުން ބިން ލިބުމުގައި ދަތިކަމާ ހެދި ކަމަށެވެ. ނަމަވެސް މިހާރު ބައެއް ރަށްރަށުން ބިން ހަމަޖެހިފައިވާތީ އެ ރަށްރަށުގައި އެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވި އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ