މަންމައާ ދިމާލަށް ޝައިތާނެކޭ ބުނެ, މަރުގެ އިންޒާރު ދީ އަދި އަނިޔާކުރި ދަރިއަކު އަށް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ހެންވޭރުގެ ގެއަކަށް ނިސްބަތްވާ ފިރިހެނެއްގެ މައްޗަށް އެ ހުކުމް އައީ އޭނާގެ މިދިޔަ އަހަރު އޭނާގެ މަންމަގެ ގައިގައި އަތުން ތަޅައި އަދި އެސްލޯން ހޮޅިއާއި ފެންފުޅިއަކުން ހަމަލާ ދިނުމުގެ އިތުރުން މަންމައާ ދިމާލަށް "މިއީ ޝައިތާނެކޭ" ބުނެ, މަންމަ މަރާލާނެ ކަމުގެ އިންޒާރު ދިނުމުންނެވެ.
އެ މީހާގެ މައްޗަށް ކުރީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ރައްކާތެރި ކުރުމުގެ އަމުރަކާ ހިލާފްވުމުގެ ދައުވާ އެވެ. އެއީ މަންމައަށް ތަކުރާރުކޮށް އޭނާ ބިރު ދައްކައި, އިންޒާރު ދޭތީ އެކަން ނުކުރަން ފެމިލީ ކޯޓުން ނެރެފައިވާ އަމުރަކާ ހިލާފްވެފައިވާތީއެވެ.
އެ މީހާ ކުށަށް އިއުތިރާފްވެފައިވާތީ ކްރިމިނަލް ކޯޓުގެ ގާޒީ އައިމިނަތު އަޒްލިފާ އިއްޔެ ކުރެއްވި ހުކުމުގައިވަނީ ރައްކާތެރި ކުރުމުގެ އަމުރާ ހިލާފްވުމުގެ ކުށުގައި ހަ މަހަށް ޖަލަށްލުމަށާއި އަދި އަނިޔާއެއް ދިނުމުގެ ކުށުގައި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި