ލޭނު އެޅުމަށް ހުއްދަ ދިނުމާއި ދެކޮޅު ހެދުމުގެ ގޮތުންނާއި މަސްވެރިންނަށް ލިބެންވާ ފައިސާ ނުލިބޭ މައްސަލާގައި އިހުތިޖާޖު ކުރަމުން އަންނަ މަސްވެރިންތައް އެއް ނަންބަރު ފާލަން ކައިރިއަށް ވަދެއްޖެއެވެ.
މަސްވެރިންގެ މުޒާހަރާ ފެށީ މިއަދު ހެނދުނު ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުންނެވެ. މުޒާހަރާގައި ގާތްގަނޑަކަށް 40 އަށް ދޯނި ބައިވެރިވިއެވެ. މުޒާހަރާގެ ބައިވެރިވި މަސްވެރިން ޑިމާންޑު ކުރީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާ ބައްދަލުކުރުމަށެވެ.
ނަމަވެސް މުޒާހަރާ ކުރާ ސަރަހައްދަށް މިނިސްޓަރު ވަޑައިނުގަތުމުން މަސްވެރިން މާލެ އަށް މިސްރާބު ޖެހިއެވެ.
ބައެއް ދޯނިތައް މާލޭ އެއް ނަންބަރު ފާލަމާ ކައިރި ކުރިއިރު އަނެއްބައި ދޯނިތައް ފަޅަށް ވަނުމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ހުރަސް އެޅިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ