ރާއްޖެ އަންނަ އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ރޯޑް ޝޯތަކެއް ބާއްވަން ނިންމައިފިއެވެ.
މި ރޯޑް ޝޯތައް ބާއްވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިންނެވެ. ނަމަވެސް މި ރޯޑް ޝޯތައް ކުރިޔަށް ގެންދަނީ އެމްއެމްޕީއާރްސީ އަދި މޯލްޑިވްސް ގެސްޓުހައުސް އެސޯސިއޭޝަނާ ގުޅިގެން ކަމަށް މަޓާޓޯ އިން ބުންޏެވެ.
މަޓާޓޯ އިން ބުނީ އިންޑިޔާގެ ބެންގަލޫރާއި މުމްބާއީ އާއި ނިއު ދިއްލީގައި ކުރިޔަށް ގެންދާ މި ރޯޑް ޝޯތައް އޮންނާނީ މިމަހުގެ 22 އިން 26 އަށް ކަމަށެވެ.
މަޓާޓޯ އިން ބުނީ އައުޓްބައުންޑް ފަތުރުވެރިކަން އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް ގައުމަކީ އިންޑިއާ ކަމަށެވެ. އަދި އިންޑިއާ އަކީ އަބަދުވެސް ރާއްޖެ އަށް މުހިއްމު މާކެޓެއްގެ ގޮތުގައި މަޓާޓޯ އިން ވަނީ ފާހަގަކޮށްފައެވެ.
މަޓާޓޯ އިން ވަނީ ދާދިފަހުން އިންޑިއާގެ ޓޫރިސްޓުން ރާއްޖެ ގެނައުމާއި އެ ގައުމުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާއެކު ވެސް މަޝްވަރާ ކުރައްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ