މާލޭގެ މަގުތަކުގައި ޕާކު ކޮށްފައިވާ ވެހިކަލްތަކުގެ ތެރެއިން އާއްމު ދަތުރު ފަތުރަށް އުނދަގުވާ ގޮތަށް ޕާކު ކޮށްފައިވާ ހަތަރު ފުރޮޅުލީ ގިނަ އަދަދެއްގެ އުޅަނދުތައް ޓޯކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ބޮތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކައިރިން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައި ހުރި އުޅަނދުތަކުގެ ތެރެއިން 84 އުޅަނދެއް ޓޯ ކޮށްފައިވާ ކަމަށެވެ. އަދި އަމީނީ މަގު ދަރުބާރުގެއާ ހިސާބުން ފެށިގެންނާއި އެހެން ބައެއް ހިސާބުތަކުން 79 އުޅަނދެއް ޓޯ ކޮށްފައިވާ ކަމަށެވެ.
ފުލުހުން ވަނީ އާއްމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ޕާކު ނުކުރަން އިލްތިމާސް ކޮށްފައެވެ.
މީގެ ތިންމަސް ކުރިން ވެސް ފުލުހުން ވަނީ މަގުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން ނުގަވާއިދުން ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފަށައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ