ހައްޖަކީ މާތް އަޅުކަމަކަށްވާއިރު އެ އަޅުކަން ސިޔާސީ ނުކުރުމަށް މިއަހަރުގެ ހައްޖު ހުތުބާގައި ގޮވާލައިފިއެވެ.
މަސްޖިދުލް ނަމީރާގައި މިއަހަރުގެ ހައްޖު ހުތުބާ ދެއްވީ، އަލް މަސްޖިދުލް ހަރަމްގެ އިމާމް މަހާރް އަލް މުއައިޣްލީއެވެ. ހުތުބާގައި ގޮވާލީ ހައްޖުގެ އަޅުކަން ކަންދެއްކުމުގެ އަމަލަކަށް ނުހެދުމަށެވެ.
ހައްޖުގެ އަޅުކަން އަދާކުރާއިރު އެއް ހައްޖުވެރިޔަކު އަނެއް ހައްޖުވެރިޔަކަށް އުނދަގުވާ ގޮތަށް ކަންކަން ނުކުރުމަށާއި ގުރުއާން ކިޔެވުމާއި ޒިކުރު ކުރުން މަތީ ދެމި ތިބުމަށް ހައްޖު ހުތުބާގައި ގޮވާލެއްވިއެވެ.
މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް 1.2 މިލިއަން މީހުން ވަނީ ޖަމާވެފައެވެ. ހައްޖު ހުތުބާގައި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުން ގެންދާ އަނިޔާތަކުން ސަލާމަތްކޮށް ދެއްވުން އެދި ދުއާ ކުރިއެވެ.
ހައްޖު ހުތުބާގައި މާތް ނަބިއްޔާގެ ހައްޖަތުލް ވަދާއުގެ ހުތުބާގައި ހަދީޘް ކުރެއްވި ބައެއް ކަންކަމަށް ވަނީ އަލިއަޅުވާލައްވާފައެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ