މި އަހަރުގެ ބޮޑު އީދު ދުވަހުގެ ކުޅިވަރުތަކުގައި އިސްލާމްދީނާއި ދިވެހިންގެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފް ނުވާން ލޯކަލް ގަވަމެންޓް މިނިސްޓްރީން މިރޭ އަންގައިފި އެވެ.
އަޟްހާ އީދާ ގުޅުވައިގެން އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައިވަނީ ދިވެހިން ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އެ ދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށެވެ. އެހެންކަމުން އީދުގެ ހުރިހާ ހަރަކާތްތައް ބާއްވަން ވާނީ އިސްލާމްދީނުގެ އަސާސްތަކާ ހިލާފު ނުވާ ގޮތަށް ކަމަށް އެ ސާކިއުލާގައިވެ އެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީން ބުނީ ދިވެހިންނަކީ އިސްލާމްދީނުގެ އަހުލުވެރިން ކަމަށް ވެފައި އަދި އެއް ގައުމިއްޔަތެއް ހިއްސާކުރާ ބަޔަކަށް ވާތީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.
މީގެ އިތުރުން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނާ ވެސް ހިލާފް ނުވަން އެ ސާކިއުލާގައި އަންގާފައިވެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ