ދީނުގައި ހަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހޭ ކަމަށް އަޟްހާ އީދު ދުވަހުގެ ހުތުބާގައި ގޮވާލައިފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި އީދު ހުތުބާގައި ބުނެފައި ވަނީ ނަބިއްޔާގެ އިރުޝާދުގައިވާ ގޮތަށް، މުސްލިމުން އުފާ ފާޅުކުރާއިރު، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބާވާންޖެހޭ ކަމަށެވެ.
ހުތުބާގައި ބުނީ މުސްލިމުންނަކީ އިސްލާމްދީނުގެ ސަބަބުން މާތް ރަސްކަލާނގެ އިއްޒަތްތެރިކަން ދެއްވައިފައިވާ ބައެއް ކަމަށެވެ.
މީސްތަކުންނާއިގެން ހައްޖުވުމަށް އިބްރާހީމްގެފާނަށް މާތް ރަސްކަލާނގެ އަމުރުކުރެއްވި ދުވަހުން ފެށިގެން މިއަދާ ޖެހެންދެން،ދުނިޔޭގެ އެކި ކަންކޮޅުތަކުން، މީސްތަކުން މާތް ރަސްކަލާނގެ މަތިވެރި ގެކޮޅަށްދާކަން ފާހަގަކޮށް އީދު ހުތުބާގައި ބުނީ އަޟުޙާ ޢީދު ދުވަހަކީ، ޙައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން އަންނަ އީދެއް ކަމަށެވެ.
“ޙައްޖުގެ މަތިވެރި އަޅުކަމުގައި، އިއްޔެ ޢަރަފާތު ބިމުގައި، އަހަރެމެންނަށްފެނުނު މަތިވެރި މަންޒަރު ހަނދާނަށް ގެންނަމާ ހިނގާށެވެ. އެތަކެއް މިލިއަން މުސްލިމުން، އެއް ފޭރާމެއްގައި، އެއް ބިމަކަށް އެއްވެ، މާތް ރަސްކަލާނގެ ޙަޟުރަތުގައި ނިކަމެތިވެ، އެބައިމީހުންގެ ޙާޖަތްތަކުން، އެކަލާނގެއަށް މުނާޖާ ދެންނެވުމުގައި ވަނީ ހޭދަކޮށްފައެވެ. ޢިއްޒަތްތެރިއެއް ނިކަމެއްޗެއް، ފަޤީރެއް މުއްސަންޖެއް، ވެރިއެއް ރައްޔިތެއްގެ މެދުގައި ތަފާތެއް ނެތިއެވެ” ހުތުބާގައިވެއެވެ.
އިސްލާމްދީނަކީ އިއްޒަތްތެރިކަންލިބިގެންވާ ދީނެއް ނަމަވެސް، މިއަދު މުސްލިމުން ވަނީ ވަރަށް ނިކަމެތިވެފައި ކަމަށް ހުތުބާގައި ބުންޏެވެ. އެކަން އެންމެ ބޮޑަށް ދޭހަކޮށްދޭ އެއް ކަމަކީ، ފަލަސްޠީނުގެ ރަފަޙާއި، ޣައްޒާއާއި، އެހެނިހެން ބިންތަކަށް ޔަހޫދީން ވެރިވެގަނެފައިވީ ހިނދުވެސް، މުސްލިމު ބޮޑު އުންމަތް، އެ ލޮބުވެތި އަޚުންނާއި އުޚުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
“މި އުންމަތުގެ މީސްތަކުންގެ އަދަދާއި ގުދުރަތީ ވަސީލަތްތައް ގިނަވެފައިވީ ނަމަވެސް މެއެވެ. އެހެންކަމުން މި މަތިވެރި ދުވަހުގައި، އުންމަތް ބިނާކުރުމަށް އަހަރެމެން އަޒުމްކަނޑައަޅަމާ ހިނގާށެވެ! އިލްމާއި ތައުލީމުކުރިއެރުވުމުގައި، ކުރިއަރައިދިޔުމަށް މަސައްކަތްކުރަމާ ހިނގާށެވެ! ފަންނިއްޔަތާއި ފަންނުވެރިކަމުގައި، ހުނަރުވެރިވަމާ ހިނގާށެވެ" އަޟްހާ އީދު ދުވަހުގެ ހުތުބާގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ