ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސީގައި މިރޭ ޑެންމާކާ ސްލޮވޭނިއާ ކުޅުނު މެޗު 1-1 އިން އެއްވަރުވެ ނިމިއްޖެއެވެ.
މި މެޗުގައި އެންމެ ފުރަތަމަ ގޯލު ޖެހީ ޑެންމާކުންނެވެ. މެޗުގެ 17ވަނަ މިނެޓުގައި އެ ގޯލު ޑެންމާކަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެރިކްސަނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ އެ ނަތީޖާގައެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ސްލޮވޭނިއާ އިން އެޓީމުގެ ކުޅުން ވަރަށް ބޮޑުތަނުން ރަނގަޅު ކުރިއެވެ.
އަދި ޑެންމާކުގެ ގޯލަށް ނުރައްކާތެރި ހަމަލާތައް ފޮނުވާލިއެވެ.
އެގޮތުން ސްލޮވޭނިއާ އަށް މެޗުގެ 75ވަނަ މިނެޓުގައި ލިބުނު ފުރުސަތު ފާހަގަކުރެވެއެވެ.
ސްލޮވޭނިއާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހީ މެޗުގެ 77ވަނަ މިނެޓުގައެވެ. އޭރިއާގެ ބޭރުގައި ސްލޮވޭނިއާގެ ޖަންޒާ ފޮނުވާލި ބާރު ހަމަލާ ޑެންމާކުގެ ކުޅުންތެރިއެއް ގައިގައި ޖެހި ބޯޅައިގެ މިސްރާބު ބަދަލުވެ ގޯލަށް ވަނީ ވަދެފައެވެ.
މީގެއިތުރުން ވެސް ސްލޮވޭނިއާގެ ކުޅުންތެރިންނަށް މެޗުން މޮޅުވުމަށް ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި