ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ދުނިޔޭގެ ދެވަނަ ފްރާންސާއި އޮސްޓްރިއާ ބައްދަލުކުރި މެޗު، ބައްދަލުކުރި މެޗު 1-0ގެ ނަތީޖާ އަކުން ފްރާންސް ކާމިޔާބު ކޮށްފިއެވެ.
މެޗުގައި ފެނުނު ހަމައެކަނި ލަނޑަކީ އޮސްޓްރިއާގެ ޑިފެންޑަރެއްގެ އަތުން ބައި ކޮޅަށް ވަން ލަނޑެކެވެ. ފްރާންސްގެ ފޯވާޑް އެމްބާޕޭ ހުރަސްކޮށްލި ބޯޅަ ބޮލުން ސާފު ކޮށްލަން އުޅުމުގެ ތެރޭގައި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.
މުޅި މެޗު ޑޮމިނޭޓު ކޮށްގެންހެން ކުޅުނީ އޮސްޓްރިއާ އިންނެވެ. ނަމަވެސް އެ ޓީމަށް ފްރާންސްގެ ގޯލަށް ނުރައްކާވާ ގިނަ ހަމަލާތަކެއް ފޮނުވައެއް ނުލެވުނެވެ.
އެހެންނަމަވެސް ކައުންޓާ އެޓޭކްގައި ފްރާންސަށް ލިބޭ ފުރުސަތުތަކުގައި އެ ޓީމުން އޮސްޓްރިއާގެ ގޯލަށް ނުރައްކާ ކުރެއެވެ. އެގޮތުން އެމްބާޕޭ އަށް ހުސްކޮށް ލިބުނު ބޯޅަ ފާހަގަކޮށްލެވެއެވެ. ނަމަވެސް އެ ބޯޅަ ދިޔައީ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ.
ދުނިޔޭގެ ނަން މަޝްހޫރު އެތައް ކުޅުންތެރިންނެއް ހިމެނޭ ފްރާންސަށް މި މެޗުގެ ނަތީޖާ އަކީ ހިތްހަމަ ޖެހޭނެ ނަތީޖާއެއް ނޫނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ