މާލޭގައި ފެން ބޮޑުވެ، އަވަހަށް ފެން ނުހިނދޭ މަގުތައް ރޫޅާލުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އިއްޒުއްދީންމަގު މަރާމަރާާމަަތު ކުރުމަށް ރޫޅާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެމަގަކީ ފެން ހިނދުން ލަސްމަގެއްކަން ފާހަގަކުރައްވާ ވިދާޅުވީ އެމަގު ހަދާ ނިމުމުން ފެން ހިނދުމަށް ހައްލެއްލިބި ހިނގާ މީހުންނަށާއި ސްކޫލް ކުދިންނަށް ވަމުންދާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
"މިގޮތައް ފެންހެދޭ މަގުތަށް ރަނގަޅު ކުރަން ކުރިޔަށް އޮތްދުވަސްތަކުގައި ކުރިޔަށްދާނެ،" އާޒިމް ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވެސް ވަނީ މަސައްކަތް ފަށައިފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ