ސަރުކާރު ހިންގާ ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ މެމްބަރުންގެ އަދަދު ދަށްވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ ޖެނުއަރީ މަހު އާންމުކުރި ތަފާސް ހިސާބުތަކުގައި, އޭރު ޕީޕީއެމްގައި 36,000 އަށް ވުރެ ގިނަ މެމްބަރުން އަދި ޕީއެންސީގައި 28,000 އަށް ވުރެ ގިނަ މެމްބަރުން ތިއްބެވެ. އެއީ ޖުމްލަ 64,000 މެމްބަރުންގެ ހިމެނޭ ކޯލިޝަނެކެވެ.
އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރު މިހާރު ދައްކާ ގޮތުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ޕީޕީއެމްގެ މެމްބަރުންގެ އަދަދު 35,000 އަށް ދަށްވެ އަދި ޕީއެންސީ މެމްބަރުންގެ އަދަދު 27,000 އަށް ވަނީ ދަށްވެފަ އެވެ. އެހެންކަމުން އެ ކޯލިޝަންގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 62,000 އަށް ދަށްވެފަ އެވެ.
އެއް ޕާޓީއެއްގައި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއެއްގެ ގޮތުގައި އަދިވެސް އޮތީ އެމްޑީޕީއެވެ. ނަމަވެސް އެ ޕާޓީގެ މެމްބަރުންގެ އަދަދު ވެސް 52,000 އިން 51,000 އަށް މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ވަނީ ދަށްވެފަ އެވެ.
މިއަހަރުގެ ބަޖެޓުން ޕާޓީތަކަށް 44 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާއިރު, ޕީޕީއެމާއި ޕީއެންސީ ކޯލިޝަނަށް 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި އެމްޑީޕީއަށް 15 މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަނުން ވަނީ ދޫކޮށްފައެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި