ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ ޖަރުމަނާއެކު ކުޅުނު މެޗުން ހަންގޭރީ ބަލިވެ، މުބާރާތުގައި ކުރިޔަށް ދާން އެ ޓީމަށް އަމިއްލަ ބާރު ގެއްލިއްޖެއެވެ.
ޖަރުމަނު ހިމެނޭ ގުރޫޕްގައި އެޓީމު އޮތީ ސްކޮޓްލޭންޑާއެކު ކުޅުނު މެޗުން މޮޅުވެ، މުބާރާތުގެ އެއްވަނައިގައެވެ.
މިރޭގެ މެޗުގައި ޖަރުމަނުން ފުރަތަމަ ލީޑު ނެގީ މެޗުގެ 22ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ޖަމާލް މުސިއާލާއެވެ. މި ގޯލު މުސިއާލާ ޖެހީ އިލްކާން ގޮންޑޮގާން ދިން ޕާހަކުންނެވެ. އެ ގޯލު މުސިއާލާ އަށް ޖެހުމަށް އެހީވި ގޮންޑޮގާން ހަންގޭރީގެ ކުޅުންތެރިއަކަށް ފައުލް ކުރިތޯ ބެލުމަށް ވީއޭއާރްގެ އެހީ ރެފްރީ ހޯދިއެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ ގޯލެއް ކަމަށެވެ.
ޖަރުމަނުން ދެވަނަ ގޯލު ޖެހީ 67ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ޖަރުމަނުގެ ކެޕްޓަން ގުންޑޮގާނެވެ.
މި މެޗުގައި ހަންގޭރީން ވެސް ޖަރުމަނުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލިއެވެ. ނަމަވެސް މި މެޗުގައި އެ ޓީމަށް ޖަރުމަނުގެ ގޯލަށް ބޯޅަ ވައްދާލާނެ ފުރުސަތެއް ނުލިބުނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ