މިއަހަރުގެ ހައްޖު އޮޕަރޭޝަން ކާމިޔާބު ކަމަށާއި މިއަހަރުގެ ހައްޖު އޮޕަރޭޝަންގައި ފާހަގަކުރެވުނު ކަންކަން އަންނަ އަހަރަށް ރަނގަޅު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ ހައްޖު ކޯޕަރޭޝަންގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ހާޖީން ގެނެވުނު ދެވަނަ ފަހަރު، ކަމަށެވެ. އަމިއްލަ ކޮންޓްރޯލުން ބޭރުން އެތަން މިލިއަން މީހުންގެ ތެރޭގައި ހިނގާ މިވަރުގެ ކަމެއްގައި ކިތައްމެ ފުރިހަމަކުރަން އުޅުނަސް އުނިކަން ހުންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"އިންސާނުންނަކީ އުނިބައެއް. އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާހައުލެއްގައި ހާޖީންގެ ސަލާމަތާއި ސިއްހަތާއި ރައްކާތެރިކަމަށް. ހާޖީއަކު ޠަބީއީ މަރަކުން މަރުވި. މައްޔިތާއަށް ރަޙުމަތް ލައްވާށި. އެންމެހައި ހާޖީންނަށް މަބްރޫރު ހައްޖަކަށް އެދެން. އާމީން،" ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިވެހި ހައްޖުވެރިންނަށް ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކާނާ ފޯރުކޮށްދެއްވުނު ކަމަށެވެ. އަދި ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށާއި ޑައިލެލިސް ހަދާ ފަރާތަކާއި، ކެންސަރު ފަރުވާ ނަގާ ބައެއް ބޭފުޅުންނާއި ހިތުގެ ބަލި ހުންނަ ބައެއް ބޭފުޅުން ހާޖީންގެ ތެރޭގައި ތިބި ކަމަށް ފާހަގަކުރެއްވިއެވެ. އެހުރިހާ ފަރާތްތަކަކަށް އެންމެނަށް އޯގާތެރިކަން ފޯރުކޮށްދެވުނު ޝަހީމް ވިދާޅުވިއެވެ.
"މަގު އޮޅުނު 100 އެއް ހާ ހާޖީން ޑިވައިޒްގެ އެހީގައި ލޮކޭޓްކޮށްގެން ގެނެވުނު.ޢަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް. ބަލި މީހުން ވެސް އަރަފަރާތަށް ގެންދެވުނު،" ޝަހީމް ފާހަގަކުރެއްވިއެވެ.
ޝަހީމް ފާހަގަކުރެއްވި ގޮތުގައި އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ ކަމަށާއި ނަމަވެސް މިނާގެ ފޭލިގޭގެ ތާށިކަމެއް ހުރި ކަމަށެވެ. އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ