ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ގްރޫޕް ސީގައި ހިމެނޭ ސާބިޔާ އަދި ސްލޮވީނިއާ ބައްދަލުކުރި މެޗުގައި، ސްލޮވީނިއާ ދެވަނަ ބުރަށް ގާތްގަނޑަކަށް ގޮސްފައި ވަނިކޮށް ފަހު ވަގުތު ސާބިޔާ އިން ލަނޑު ޖަހާ މެޗު އެއްވަރު ކޮށްފިއެވެ.
މި މެޗުގެ ކުރިން ސްލޮވީނިއާ ވަނީ ޑެންމާކާ ބައްދަލުކޮށް އެއް ޕޮއިންޓު ހޯދައިފައެވެ. އެހެންކަމުން ސާބިޔާ ބަލިކޮށް ސްލޮވީނިއާ އަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތީ ފަހިވެފައެވެ. ނަމަވެސް މިރޭ ސާބިޔާ އަތުން އެއްވަރުމުން މިރޭ ޑެންމާކާ އިންގްލޭންޑު ކުޅޭ މެޗަށް ސްލޮވީނިއާ ޖެހޭނީ އިންތިޒާރު ކުރާށެވެ.
މިރޭގެ މެޗުން ޑެންމާކު މޮޅުވެއްޖެ ނަމަ އެ ޓީމު ދެވަނަ ބުރަށް ދާނެއެވެ. އަދި އިންގްލޭންޑުން ކުރީގެ މެޗުން މޮޅުވުމާއެކު މިހާރުވެސް އެޓީމަށް ލިބިފައިވާ ތިން ޕޮއިންޓުން ގްރޫޕުގެ ދެވަނަ އެޓީމަށް ލިބޭނެއެވެ. އެހެންކަމުން އެ ޓީމުވެސް ދެވަނަ ބުރަށް ދާނެއެވެ.
ނަމަވެސް މިރޭ ޑެންމާކު އަތުން އިންގްލޭންޑު މޮޅުވެއްޖެ ނަމަ ސްލޮވީނިއާ އަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. ސާބިޔާ އަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވެސް ބަންދެއް ނުވެއެވެ.
މިރޭ ސާބިޔާ އަދި ސްލޮވީނިއާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިއެވެ. އެކަމަކު ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގެ 68 ވަނަ މިނިޓްގައި ސްލޮވީނިއާގެ އެލްސްނިކް ނަގައިިދިން ހުރަހަކުން ގޯލު ޖަހައި ދިނީ ހުސްކޮށް ޒޭން ކާނިޗްނިކްއެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ސާބިޔާ މިޓްރޮވިޗްގެ ބާރު ހަމަލާއެއް ސްލޮވީނިއާ ގޯލަށް ފޮނުވާލިއެވެ. ނަމަވެސް އެ ބޯޅަ ގޮސް ޖެހުނީ ހުރަސް ދަނޑީގައެވެ.
ސާބިޔާގެ ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯވިޗްއެވެ. ފަހު ސިކުންތު ކޮޅުގައި ލިބުނު ކޯނަރުކުން ހުރަސްވި ބޯޅަ ޖޯވިޗް ޖެހީ ބޮލުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ