ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ހިމެނޭ ޑެންމާކު އަދި އިނގިރޭސީން ބައްދަލުކުރި މެޗު އެއްވަރުވެ ނިމުމުން ދެވަނަ ބުރަކަށް ދިއުމަށް އިނގިރޭސީން ކުރަމުން ދިޔަ އުއްމީދަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.
މިއާއެކު މި ގްރޫޕްގެ ހަތަރު ޓީމަށް ވެސް ދެވަނަ ބުރަކަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ދެން ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ދެވަނަ ބުރަކަށް އެ ޓީމެއް ދާނެއެވެ. މި ގްރޫޕްގައި މިރޭ ސާބިއާ އަދި ސޮލެވީނިއާ ހިމެނެއެވެ. މި ދެ ޓީމަށްވެސް ދެވަނަ ބުރަކަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ.
މިރޭ އިނގިރޭސީންނާއި ޑެންމާކު ބައްދަލުކުރި މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް އިނގިރޭސީންނެވެ. އެޓީމަށް ގޯލު ޖަހައި ދިނީ ކެޕްޓަން ހެރީ ކޭންއެވެ. މެޗުގެ 18ވަނަ މިނެޓުގައި ކޭން މި ލަނޑު ޖެހީ ބޮލުންނެވެ.
ފުރަތަމަ ހާފުގައި ޑެންމާކުން ވަނީ އިނގިރޭސީންނާއި އެއްވަރު ކޮށްފައެވެ. އެ ލަނޑު އެޓީމަށް ޖަހައި ދިނީ މޯޓެން ހިއުލްމަންޑްއެވެ.
ދެވަނަ ހާފުގައި ވެސް ދެޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއް ގޯލަކަށް ބަދަލު ކުރެވޭ ގޮތެއް ނުވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި