މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށްޓަކައި ސައުދީ އަރަބިއްޔާ އަށް ގޮސްފައި ތިބި ދިވެހި ހައްޖުވެރިން މިއަދު ރާއްޖެ އަންނަން ފަށާނެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި މިއަދު ވިދާޅުވީ މިއަދު 296 ހާޖީން، ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މާލެ އަންނާނެ ކަމަށެވެ. ނަމަވެސް އަންނަ ވަގުތަކާއި އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
ރާއްޖެ އިން ހައްޖުގެ އަޅުކަން އަދާ ކުރުމަށް އެންމެ ފުރަތަމަ ފުރި ގްރޫޕްގައި ހިމެނެނީ 296 ހައްޖުވެރިންނެވެ.
ސާދަ ސަތޭކަ ސާޅީސް ފަސް ވަނަ އަހަރު ހައްޖަށް ގެންދިއުމަށް ދިވެހިރާއްޖެއަށް ލިބިފައިވަނީ ރަސްމީ 1000 ކޯޓާއެވެ. ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާއަށް މީހުން ޙައްޖަށް ގެންދާނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންނެވެ.
ހައްޖު އޮޕަރޭޝަނާއި ގުޅޭ ގޮތުން މީގެކުރިން މިނިސްޓަރު ވަނީ މިއަހަރުގެ ހައްޖު އޮޕަރޭޝަންގައި ފާހަގަކުރެވުނު ކަންކަން އަންނަ އަހަރަށް ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ