ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމު ތައާރަފު ކުރާ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އެ ބިލު ދިރާސާ ކުރުމަށް ކޮމެޓީ އަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ހުށަހަޅުއްވާފައިވާ، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ވަނީ ވޯޓު ނަގައިފައެވެ. އެގޮތުން އެ ބިލު ބަލައިގަތުމަށް 86 މެންބަރުން ވަނީ ވޯޓު ދެއްވަވާފައެވެ.
ބިލު މަޖިލީހަށް ބަލައިގަތްކަން އިއުލާން ކުރައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ އެ ބިލު އިތުރަށް ދިރާސާ ކުރުމަށްޓަކައި އިޖުތިމާއީ ކޮމެޓީ އަށް ފޮނުވާފައިވާ ކަމަށެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މި ބިލަށް ގިނަ މެންބަރުންތަކެއް ވަނީ ބަހުސް ކުރައްވަވާފައެވެ.
ބިލުގައި ބުނެފައިވާ ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމަކީ ރާއްޖޭގައި ދިރިއުޅޭ އެންމެހައި މީހުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވެ ތިބުމަށްޓަކައި ބަލިތަކާއި ސިއްހަތަށް ލިބޭ އެނޫންވެސް ގެއްލުންތަކުން އެމީހުން ދުރުވެ ތިބުމަށާއި ރައްކާތެރިވުމަށް ބޭނުންވާނެ މައުލޫމާތައް ވަށާޖެހޭ ސިއްހީ ފަރުވާގެ ނިޒާމަކަށް ވާން ވާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ