މާލޭގައި ވައްކަން ކުރަން އުޅޭ 46 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި މިއަދު މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި 4،000 ފަހަރު ފުލުހުން އެ 46 ވަގުންނަށް އިންޓަރެކްޓުވެފައިވާ ކަމަށެވެ.
ބައެއް ފަހަރު އެމީހުން ހައްޔަރަށް ގެންދާ ކަމަށާއި އަނެއް ފަހަރުތަކުގައި އެމީހުންނަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އެމީހުން ހައްޔަރު ކޮށްގެން ޔޫރިން ޕޮޒިޓިވްވުމުން އެއް ކޯޓަށް ގެންދިއުމުން އެއީ ޑުރަގު މައްސަލައެއް ނޫން ކަމަށާއި އެއީ ކްރިމިނަލް [ޖިނާއީ] މައްސަލައެއް ކަމަށް އެ ކޯޓުން ބުނާ ކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ ގާނޫނުގައި ކަންކަން ސާފުކޮށް ބަޔާން ކޮށްދީފައި އޮންނަން ޖެހޭ ކަމަށެވެ.
"ކްރިމިނަލް ކޯޓަށް ގެންދިޔައީމަ ބުނެފާނެ މިއީ ޑުރަގު މައްސަލައެކޭ،" އިހުސާން ވިދާޅުވިއެވެ.
ބައެއް ހާލަތްތަކުގައި މީހުން ދޫވެގެން ދަނީ ކޯޓުތަކުގައި އެ އިހުތިސޯސް ނެތުމުން ކަމަށް އިހުސާން ވިދާޅުވިއެވެ. ފުލުހުންނަށް އެފަދަ މީހުން ބެހެއްޓެން އަންނަނީ އެންމެ ގިނަވެގެން 24 ގަޑިއިރަށް ކަމަށް ވެސް ވިދާޅުވިއެވެ.
"މި ޗެލެންޖާ ހެދި މި ދެންނެވި މީހުން މިއޮއްހާ ދުވަހު ހަމަ 4،000 ފަހަރު އިންޓަރެކްޝަނަށް ފަހު އަދިވެސް އެ 46 މީހުން ތިބީ ދޫވެފައި. އޭގެތެރެއިން އެންމެ އަޅުގަނޑުމެންނަށް ކްރިޓަކަލް ކަމަށް ފާހަގަކުރެވުނު 21 މީހަކަށް ޓާގެޓު ކޮށްގެން މިދިޔަ ހަފްތާއިން ފެށިގެން އޮޕަރޭޝަނެއް ހިންގާ އޭގެތެރެއިން 10 މީހުން މިހާރު ވަނީ ނޭޝަނަލް ޑްރަގު އެޖެންސީގެ ފަރުވާ އަށް ނެގިފައި،" މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ އެ 21 މީހުންގެ ތެރެއިން ހަތް މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބާކީ ތިބި ހަތަރު މީހުން ފުލުހުންގެ ބަންދުގައި އެބަ ތިބި ކަމަށެވެ.
 
		 
										
										 
		 
		 
		 ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
														
							
								ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި								 ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
														
							
								ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ								 ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
														
							
								ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ								 އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
														
							
								އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި								 ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
														
							
								ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ								 އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
														
							
								އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން								 
		
ދެން ފިޔަވަޅު އަޅުއްވާ.
ހުދުހުދު