ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ސިޔާސީ ގޮތުން ގާތްވުމުގެ ގޮތުން ސިހުރު ހެދިކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާއި ގުޅިގެން ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒު އަލީ ސަލީމް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި އިތުރު ދެ މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކޮށްފައި ވަނީ މިމަހުގެ 23ވަނަ ދުވަހު ކަމަށްވެސް ބުންޏެވެ.
ޝަމްނާޒު ހައްޔަރުކުރި ސަބަބެއް ފުލުހުން ސީދާ ނުބުނެއެވެ.
ނަމަވެސް "ހަތާވީސް" އަށް ކަށަވަރުވެފައިވާ ގޮތުގައި ޝަމްނާޒު ހައްޔަރު ކޮށްފައި ވަނީ ރައީސް މުއިއްޒާ ސިޔާސީ ގޮތުން ގާތްވުމުގެ ގޮތުން ސިހުރު ހެދިކަމުގެ ތުހުމަތުގައެވެ. ޝަމްނާޒަކީ ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއް ކަމަށްވާ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. ނަމަވެސް މިކަމުގައި ރަމީޒަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން މި ނޫހަށް ކިޔައި ދިނެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ކިއްކުރަން ހެދި ސިހުރެއް. އަހަރެންގެ ގާތުގައި ތި ދެމީހުންގެ ގުޅުން ރަނގަޅުކޮށްދޭން މަސައްކަތް ކުރަން ބުނިނަމަ ތިކަން ކޮށްދެވުނީސް ތީދެން ސިހުރާ ދިމާލަށް ދާންޖެހޭ ވަރުގެ ކަމެއްތަ؟
ދިރާސާ