ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ބެއިޖިންގ އާއެކު އޮންނަ ގުޅުން ގޯސްވެފައި ވީ ނަމަވެސް ހަނގުރާމައެއްކުރުމުގެ ވިސްނުމެއް ނެތް ކަމަށް ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ވިދާޅުވެއްޖެއެވެ.
މާކޯސް މިހެން ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރިވާ ފިލިޕީންސްގެ ސިފައިންގެ ފައުޖާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ގައުމީ ސަލާމަތަށް އިސްކަން ދިނުމުގައިވެސް ބަލާނީ ސުލްހަވެރިކަމާއެކު އެކަން ކުރުމަށްކަމަށް މާކޯސް ވިދާޅުވިއެވެ. ދެކުނު ޗައިނާ ކަނޑުގައި މިދިޔަ ދެ ހަފްތާއެއްހާ ދުވަހު ފިލިޕީންސްގެ ކަނޑުގެ ސިފައިންނާއި ޗައިނާގެ ކޯސްޓްގާޑާ ދެމެދު ހިނގި ކަންކަމުގައި ވެސް ފިލިޕީންސްގެ ސިފައިން ދެއްކި ކެތްތެރި ކަމަށް ސާބަސްދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފިލިޕީންސްއާއި އާއި ޗައިނާގެ މަނަވަރުތަކުގެ މެދުގައި ދެކުނު ޗައިނާ ކަނޑުގައި ނިމުނު ހަފްތާގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. އެގޮތުން ޗައިނާ ކޯސްޓްގާޑުން ފިލިޕީންސްގެ ކަނޑުގެ ސިފައިންގެ އުޅަނދަކަށް އަރައި، އޭގައި ތިބި ސިފައިންގެ އަތުން ހަތިޔާރު އަތުލައި، އެކަމަށް އަނިޔާވެފައިވާކަމަށް ފިލިޕީންސްއިން ތުހުމަތުކުރެއެވެ. މި ހާދިސާ ހިނގާފައިވަނީ މިލްކުވެރިކަމާމެދު މައްސަލަ ޖެހިފައިވާ ދެކުނު ޗައިނާ ކަނޑުގެ ސެކަން ތޯމަސް ޝޯލްއަށް އުރިފައިވާ ފިލިޕީންސްގެ މަނަވަރެއްގައި ގާއިމްވެތިބި އެގައުމުގެ ސިފައިންނަށް ބޭނުންވާ ތެލާ ކާބޯތަކެތި ސަޕްލައިކުރުމަށް ދަތުރުކުރި އުޅަނދަކަށް ޗައިނާ ކޯސްޓްގާޑުން ހުރަސްއެޅުމުންނެވެ.
ޗައިނާގެ ޚާރިޖިއްޔާއިން ބުނީ އެ ގައުމުގެ ސިފައިން އަމަލުކުރީ އުސޫލުތަކުގެ ތެރެއިން، ދެކުނު ޗައިނާ ކަނޑުގެ ޗައިނާގެ މިލްކުވެރި ސަރަހައްދެއް ކަމަށެވެ. ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާމެދު މައްސަލަ ޖެހިފައިވާއިރު، ފިލިޕީންސް އާއި ޗައިނާގެ މެދުގައި ނުތަނަވަސްކަން ވަނީ ފަހަކަށް އައިސް މި މައްސަލައިގައި އިތުރުވެފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި