ދިވެހިރާއްޖެއަށްޓަކާ ކުރަން އޮތް އެންމެ ބޮޑު މަސައްކަތަކީ ދައުލަތުގެ ހަރަދު ކުޑަކުރުން ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.
"ޕީއެންސީ ހައުސް"ގައި ވާހަކަ ދައްކަވަމުން ޝުޖާއު ރޭ ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން ބޭކާރު ހަރަދު ކުޑަކޮށް، ސަބްސިޑީސް އޭގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތް އެމަނިކުފާނު ފައްޓަވާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަންނަން އޮތް ޖީލުތަކުގެ ހައްގުގައި ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެއްވެސް ކަމެއް އޮޅުވާލައިގެން މި ސަރުކާރުން ވާހަކަ ނުދައްކާނެ ކަމަށެވެ.
ދައުލަތުގެ މާލީ ހާލަތަށް އިޝާރާތްކޮށް ޝުޖާއު ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ ބޭކާރު ހޭދަ ދައުލަތުން ކުރާ ކަމަށާއި އާސަންދައިގެން ހަމަބޭނުން ކުރަމުންދާ ކަމަށެވެ. އެކަން ފެށީ އެމްޑީޕީގެ ސަރުކާރުން ކަމަށް ޝުޖާއު ފާހަގަ ކުރެއްވިއެވެ.
"މިހާތަނަށް އަޅުގަނޑުމެންނަށް އައި އެންމެ ބޮޑު ޝަކުވާއަކީ އާސަންދައިގެން ބޭނުން ނަހަމަ ގޮތުގައި އެބަ ހިފަމުންދޭ. މިއީ އެމްޑީޕީ ވެރިކަން އޮތް އިރު ފެށުނު ކަމެއް. ރާއްޖޭން ބޭރުގެ ބޮޑެތި ހޮސްޕިޓަލްތަކާއެކު އެބަހުރި ޑީލުތައް ހަދާފައި. އެއް ހޮސްޕިޓަލުން އެއް އޮޕަރޭޝަނެއް، އަނެއް ހޮސްޕިޓަލުން އޭގެ 100 ގުނަ [އަގުބޮޑުކޮށް] ވަގަށް ކޮށްފައި އެބަހުރި." މާލިއްޔަތު ކޮމެޓީގެ މެމްބަރުކަން ވެސް ކުރައްވާ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕީއެންސީގެ ޕޯޑިއަމުން ވަރަށް ގިނަ ވާހަކަ ދައްކަން އޮތް ކަމަށެވެ.
ގައުމަށްޓަކާ ކުރަން އޮތް އެންމެ މުހިއްމު މަސައްކަތަކީ ދައުލަތުގެ ހަރަދު ކުޑަކުރުން ކަމަށް ޝުޖާއު ވިދާޅުވެފައި މި ވަނީ ހަރަދު ކުޑަކުރަން ނިންމައި، ދައުލަތަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ހޯދުމުގެ މަސައްކަތްތަކެއް ފަށަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނިކޮށެވެ. އެގޮތުން ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ޓެކްސް ބޮޑުކުރުމަށް ބިލުތަކެއް ހުށަހެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ޚަރަދުތަށް އެންމެ ކުޑަވާނީ ރާއްޖެއިން ބޭރަށްކުރާ ދަތުރުތަށް ގިނަކޮށްފައި ބައިވެރިވާ ވަފުދު ވީހާވެސް ބޮޑު ކޮށްގެން. އެކަން އެބަކުރޭ ވަރަށް ރަނގަޅަށް.
އަލީ