ހިޔާ ފްލެޓެއްގެ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ދައުރުވާން ފަށައިފިއެވެ.
އެ ވީޑިއޯ އިން ފެންނަނީ ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރެވެ. އަދި އެ ކުއްޖާއާ ދިމާލަށް ރުޅި އައިސްގެން އެއްޗެހި ކިޔާ އަޑުވެސް އިވެއެވެ. އަދި ކޮޅުފައިން އެކުއްޖާގެ ގައިގައި ޖަހާ މަންޒަރުވެސް ފެނެއެވެ. އެކުއްޖާ އަށް އަނިޔާ ކުރާއިރު އެތަން ބަލަން އިތުރު މީހަކު ވެސް ހުންނަތަން ވީޑިއޯ އިން ފެނެއެވެ.
މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވޭތޯ ފުލުހުންނާ ސުވާލު ކުރުމުން ބުނީ ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާ ކުރާ ވީޑިއޯ މިމަހުގެ 19ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
މިދިޔަ ރޯދަ މަހުގެ ތެރޭގައި ވެސް ކުޑަކުއްޖަކަށް ބުލީކޮށް، އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވިއެވެ. އަދި އެކަން ކުރި ބަޔަކު ދެނެގަނެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އެކަން ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
މި ކުދިންނަށް ބަލާފަ ހީވަނީ މީ 17 އަހަރާ 11 މަހާ 30 ދުއަސްވީ ކުޑަކުދިންހެން
ބޭބީ