މަލޭގައި ނަން ނުދީ އޮތް ދެ މަގުން ތެރެއިން އެއް މަގަކަށް ފަލަސްތީނުގެ ނަން ދީ ނަން ކިޔަން ނިންމާފައިވާ މަގު ކަނޑައަޅައިފިއެވެ.
މިދިޔަ މެއި މަހުގެ 23ވަނަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މާލޭގެ ނަން ނުދީ އޮތް ދެ މަގެއްގެ ތެރެއިން މަގަކަށް ފަލަސްތީނާ ގުޅުވާ ނަން ދިނުމަށް މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވިއެވެ. އެގޮތަށް އާޒިމް ހުށަހެޅުއްވީ ފަލަސްތީނަކީ އެންމެ ކުރީއްސުރެ ވެސް ދިވެހީންގެ ހިތާ ގުޅިފައިވާ ގައުމެއް ވާތީއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ އެ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި "ފަލަސްތީނު" ނަން ދޭނެ މަގު ކަނޑައަޅާފައިވާ ކަމަށެވެ.
އެމަގަކީ މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ، ކޮރަލް ބޮއުލްވާޑްގެ ދެކުނަށް އޮންނަމަގު ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެ މަގަށް ކިޔަން ނިންމާފައި ވަނީ "ފަލަސްތީނު ހިނގުން" އެވެ.
ސިޓީ ކައުންސިލުން ބުނީ މަގަށް ކިޔާނެ ނަން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށާއި ނަމަވެސް މަގަށް ނަން ކިޔާނެ ތާރީހެއް އަދި ނުނިންމާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ހަމައެކަނި އޮތް 100 ޕަސެންޓް ގައުމުގެ މަގަކަށް އެނަންކީމާ ތިނިމުނީދޯ
ދިރާސާ