ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ސިޔާސީ ގޮތުން ގާތްވުމުގެ ގޮތުން ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒު އަލީ ސަލީމް މަގާމުން ސަސްޕެންޑު ކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނީ އެ މައްސަލާގައި އިތުރު ދެ މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކޮށްފައި ވަނީ މިމަހުގެ 23ވަނަ ދުވަހު ކަމަށްވެސް ބުންޏެވެ.
ޝަމްނާޒު ހުރީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު މިއަދު "ހަތާވީސް" އަށް ވިދާޅުވީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ޝަމްނާޒު ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
ޝަމްނާޒު ހައްޔަރުކުރި ސަބަބެއް ފުލުހުން ސީދާ ނުބުނެއެވެ.
ނަމަވެސް "ހަތާވީސް" އަށް ކަށަވަރުވެފައިވާ ގޮތުގައި ޝަމްނާޒު ހައްޔަރު ކޮށްފައި ވަނީ ރައީސް މުއިއްޒާ ސިޔާސީ ގޮތުން ގާތްވުމުގެ ގޮތުން ސިހުރު ހެދިކަމުގެ ތުހުމަތުގައެވެ. ޝަމްނާޒަކީ ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއް ކަމަށްވާ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. ނަމަވެސް މިކަމުގައި ރަމީޒަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން މި ނޫހަށް ކިޔައި ދިނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ