ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ރަމީޒު މަގާމުން ސަސްޕެންޑު ކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު "ހަތާވީސް" އަށް ވިދާޅުވީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒު ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
ރަމީޒު ސަސްޕެންޑު ކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ސިޔާސީ ގޮތުން ގާތްވުމުގެ ގޮތުން ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒު އަލީ ސަލީމް ވެސް ވަނީ މަގާމުން ސަސްޕެންޑު ކޮށްފައެވެ.
ރަމީޒަކީ ރައީސް މުއިއްޒާ ވަރަށް އަރިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި ޝަމްނާޒަކީ ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ.
ފުލުހުން އިއްޔެ ބުނީ އެ މައްސަލާގައި އިތުރު ދެ މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކޮށްފައި ވަނީ މިމަހުގެ 23ވަނަ ދުވަހު ކަމަށްވެސް ބުންޏެވެ. ޝަމްނާޒު ހުރީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ