ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަ ކުރުމަށް ނުވަތަ އެފަދަ ހަފްލާތައް ނުބާއްވަން ނިންމައިފިއެވެ.
މިކަން ހާމަ ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ދަޢުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
"އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައި ވާނެ ކަމަށެވެ.
"މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިފަދައިން ނިންމާފައިވާއިރު ބައިނަލްއަގްވާމީ މާލީ ރޭޓިން އިދާރާއެއް ކަމަށްވާ ފިޗުން ވަނީ ރާއްޖޭގެ ކްރެޓިޑް ރޭޓިން "ސީސީސީ+" އިއްޔެ ދަށްކޮށްފައެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނީ ރޭޓިން ދަށްކުރި މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުން ނެގި ބޭރު ލޯނުތަކާއި ފައިސާ ޗާޕްކުރުން ފަދަ ކަންކަމުގެ ސަބަބުން އޮތް ނުރައްކާ ބޮޑުވުމުން ކަމަށް ފިޗުން ފާހަގަކުރާ ކަމަށެވެ.
ނަމަވެސް އެ ހާލަތުން އަރައިގަތުމަށް މި ސަރުކާރުން ރާވާފައިވާ ޕްލޭންގެ ދަށުން ހާލަތު ރަނގަޅުވެ, މާލީ ކުރިއެރުންތަކެއް ލިބޭނެ ކަމަށް ފިޗުން ގަބޫލުކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ދަރަނީގެ މައްސަލަ ހައްލުކުރަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މާލީ ހާލަތު ގޯސްވެ, ސަރުކާރުގެ ކުންފުނިތަކުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރަން މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އަދި ސިޔާސީ މުވައްޒަފުން މަދުކުރުން ފަދަ ހާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ