މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހާ މަރުވީ ނަމާދު ކުރަން ހުއްޓާ ކަމަށާއި އެމީހާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމުގެ ހުއްދައަށް އެދިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މަރުވެފައި ވަނީ ށ. ފުނަދޫ ޒަމާނީ ވިލާ މުހައްމަދު ޖަމީލް ނަމަކަށް ކިޔާ އުމުރުން 45 އަހަރުގެ މީހެކެވެ. ކަރެކްޝަންސް އިން ބުނީ އޭނާ ޖަލު ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ވަނީ ސީޕީއާރް ދީފައިވާ ކަމަށެވެ.
އެމީހާގެ މަރާ ގުޅިގެން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް އެމީހާގެ އާއިލާގެ ހުއްދަ ހޯދުމަށް ފުލުހުންނަށް އަންގާފައި ވާނެ ކަމަށެވެ. އެމީހާ މަރުވީ ނަމާދު ކުރަން ހުއްޓައެވެ. މަރުވިއިރު އޮތީ ސަޖިދައިގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެމީހާ ހުރި ޖަލު ގޮޅީގެ ސީސީޓީވީ ފުޓޭޖު ކަމާބެހޭ އިދާރާތަކާއި ހިއްސާ ކުރެވޭނެ ކަމަށެވެ.
އެމީހާ މަރުވި ކަމަށް މާފުށި ސިއްހީ މަރުކަޒުން ކަނޑައެޅީ 12:45 ގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ