ލ. ދަނބިދޫގައި އޮޔާދިޔަ އަންހެނަކު ނަގައިގެން ބެލިއިރު، މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނުނީ ލ. ދަނބިދޫ، ނިޔަދުރުމާގެ އުމުރުން 65 އަހަރުގެ އައިމިނަތު އުމަރެވެ.
ފުލުހުން ބުނީ އޭނާ އޮޔާދަނިކޮށް ފެނުނީ މިއަދު ހަވީރު 5 ޖަހަން އުޅެނިކޮށް، ދަނބިދޫ އިރުމަތީފަރާތު ކޯޒުވޭ ސަރަހައްދުން ކަމަށާއި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ