ސަރުކާރު ޕާޓީ ޕީއެންސީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް މަހަކު 50،000 ރުފިޔާ ދޭ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
މުލީއާގެ އިން މަހަކު 50،000 ރުފިޔާ ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ދޭ ކަމަށް ތުހުމަތު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.
"އަޅުގަނޑުމެން އަޑުއަހަން ކޮންމެ މެންބަރަކަށް މުލިއާގެއިން 50،000ރ. ދޭ ކަމަށް. އެހެންވީމަ، އޭގައި ޖެހިފައި ތިބި ނަމަ، އެބޭފުޅުން ދެން އެވާހަކަ ދައްކާނެ ކަމެއް ނެތް، ތިމަންނަމެންނަށް ފުރުސަތު ނެތް ވާހަކަ،" މިދިޔަ ބުދަ ދުވަހު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ.
ނަމަވެސް އެކަން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދޮގު ކުރެއްވިއެވެ. ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000 ރުފިޔާ ދޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ