ދައުލަތުގެ ދަރަންޏާ ބެހޭ ބިލް އަދި ފިސްކަލް ޒިންމާގެ ބިލް އިތުރަށް ދިރާސާ ކުރުމަށް ކޮމެޓީ އަށް ފޮނުވަން ނިންމައިފިއެވެ.
ފިސްކަލް ޒިންމާގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް އެވެ. އަދި ދައުލަތުގެ ދަރަންޏާ ބެހޭ ބިލް މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ.
މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެ ދެ ބިލު ކޮމެޓީ އަށް ފޮނުވަން ނިންމީ 78 މެންބަރުންގެ ވޯޓުންނެވެ.
ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގައި ބުނެފައި ވަނީ އެ ބިލުގެ މަގުސަދަކީ ދައުލަތުގެ ފިސްކަލް ނިޒާމު ދެމެހެއްޓެނެވި ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި ހިންގުމާއި ގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާން ކުރުން ކަމަށެވެ.
އަދި ދައުލަތުގެ މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އެކުލަވާލާ ތަންފީޒު ކުރުމާއި ގުޅޭ އުސޫލުތައް ބަޔާން ކުރުމަކީ ވެސް އެ ބިލުގެ މަގުސަދެއް ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.
އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިވީ ނަމަވެސް އެ ބިލުގައި މިހާރުވާ ގޮތުން ދައުލަތުގެ ފިސްކަލް ޕޮލިސީ އެކުލަވާލާ ހިންގުމާއި ދައުލަތުގެ ފިސްކަލް ނިޒާމުގެ އެންމެހައި ކަންކަން ހިންގުމުގައި އިސްކަންދޭނީ އެ ބިލަށް ކަމަށް ބުނެފައިވެއެވެ.
ދައުލަތުގެ ދަރަންޏާބެހޭ ބިލުގައި ބުނެފައި ވަނީ ބިލުގެ މަގުސަދަކީ ދައުލަތުގެ ދަރަނި ނެގުމާއި، ބެލެހެއްޓުމާއި، މެނޭޖްކުރުން ރަނގަޅު ގޮތުގައި ކުރުން ކަމަށެވެ. އަދި ދަރަނި ނެގުމުގައި ގައުމުގެ އިގްތިސޯދަށާއި މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކުރުމަކީ ވެސް ބިލުގެ މަގުސަދެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ