ރައީސް ޑރ. މުހައްމަދު މުއިއްޒު ސާނަވީ ތައުލީމު ފުރިހަމަ ކުރެއްވި ސެންޓާ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްސީ) އަށް ވަޑައިގަތުމުން ރަތް ދޫލައިގެ މަރުހަބާއެއް އެ ސްކޫލުން ކިޔައިފިއެވެ.
ރައީސް މުއިއްޒަކީ 1995 އިން 1997 އެ ސްކޫލުން ތައުލީމު ހާސިލް ކުރެއްވި ބޭފުޅެކެވެ. އަދި އެމަނިކުފާނު ވަނީ ގައުމީ ގަދަ 10 ގައި ހިމެނިވަޑައިގެންފައެވެ. މިއަދު ރައީސް މުއިއްޒު އެ ސްކޫލަށް އަލުން ވަޑައިގަތީ 27 އަހަރު ފަހުންނެވެ.
އެމަނިކުފާނު އެ ސްކޫލަށް ވަޑައިގަތުމުން ރަތް ދޫލައިގެ މަރުހަބާއެއް އެމަނިކުފާނަށް އެ ސްކޫލުގެ މެނޭޖުމަންޓާ ދަރިވަރުން ދެންނެވިއެވެ. މިއީ އެމަނިކުފާނަށް އެ ސްކޫލުގެ މެނޭޖުމަންޓާ ދަރިވަރުންގެ ފަރާތުން ދެއްވި ސަޕްރައިޒެކެވެ.
އެގޮތުން އެމަނިކުފާނު ސްކޫލަށް ވަޑައިގެންނެވިއިރު ސްކޫލުގެ ދަރިވަރުން ތިބީ އެމަނިކުފާނު އެ ސްކޫލުގައި ތައުލީމު ހާސިލް ކުރެއްވިއިރު އިންޑެކްސް ނަންބަރާއެކު ބެނާއެއް ހިފަހައްޓައިގެންނެވެ. އަދި އެމަނިކުފާނު އަލުން ސްކޫލަށް ވަޑައިގަތުމުން އަނެއްކާވެސް އެ ސްކޫލަށް މަރުހަބާ އެފަދައިން އެ ބެނާގައި ލިޔެފައިވެއވެެ.
ރައީސް ސީއެޗްއެސްސީ އަށް ވަޑައިގަތީ އެ ސްކޫލަށް 45 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ބޭއްވި އެސެމްބްލީ އަކަށެވެ. އަރިހުގައި އެޑިއުކޭޝަން މިނިސްޓަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ