ދައުލަތުގެ ހަރަދުތައް ކުޑަކުރަން މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން ތައްޔާރަށް ތިބި ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ މެމްބަރުން ކުރަންޖެހޭ ހަރަދުތައް ބޮޑު ނަމަވެސް ގައުމުގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް, މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން އެ ޕާޓީގެ ޕީޖީ ގްރޫޕުން އޮތީ ތައްޔާރަށް ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މެމްބަރެއްގެ މުސާރައަކީ 42,000 ރުފިޔާ. އެހެންވީމަ ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާ މެމްބަރުންގެ އަތުން. އެހެން ނަމަވެސް މި ގައުމު ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެން ތާއީދު ކުރަން މެމްބަރުންގެ އަދަދު ކުޑަކުރަން ވެސް އަދި މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން ވެސް." މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރަން ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބިލްތަކަށް އެ ޕާޓީން ތާއީދުކުރާ ކަމަށެވެ.
މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން ބައެއް މެމްބަރުން ގޮވާލަމުން ދިޔަ ނަމަވެސް އެކަމަށް ރަސްމީކޮށް މަޖިލީހަށް ހުށަހަޅާއެއް ނުވެ އެވެ. ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރަން ސަރުކާރުން މިހާރު ވަނީ ނިންމައި, އެކަމަށް މަސައްކަތް ފަށައިފަ އެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި