ފުޅާ ދާއިރާއެއްގައި މާލޭގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރު ކޮށްފިއެވެ.
އެކަން ހާމަކުރީ މޯލްޑިވްސް އިމިގްރޭޝަނުންނެވެ. އިމިގްރޭޝަނުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސްއިން ލިބުމާއެކު ރޭ، ޓާސްކް ފޯސް އިން ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާ ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް މިކަމުގައި އިމިގްރޭޝަނުން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް އިމިގްރޭޝަނުން ހާމަ ކޮށްފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި އެތަނުން ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާ ހޯދައިފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޑޮލަރު ހިމެނެއެވެ. މީގެއިތުރުން ވެސް ގުޅުން ހިންގުމަށް ބޭނުންކުރާ އާލަތްތައް އެތަނުން ފެނިފައި އެބަހުއްޓެވެ.
މާލެ އާއި ރާއްޖޭގެ އެހެނިހެން ހިސާބުތަކުގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބަޔަކު މީގެކުރިން ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް