ކޯސްޓްގާޑް ބިލްޑިންގް އެޅުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މީހެއްގެ ގެއަށް ގެއްލުންވި މައްސަލާގައި 230،000ރ. ގެ ބަދަލެއް އެ މީހާއަށް ދިނުމަށް ރެއިންބޯ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ކޯސްޓްގާޑް ބިލްޑިން ހުރި ތަނުގައި އަޅާފައިވާ 10 ބުރީގެ އިމާރާތުގެ ސަބަބުން ހ. ބުޗާގެއާގެ އަށް ގެއްލުންވާތީ އެ ގޭގެ ވެރިފަރާތެއް ފާތިމަތު ނަތާޝާ މުހައްމަދު ސިވިލް ކޯޓުގައި ދައުވާކުރީ ޑިފެންސް މިނިސްޓްރީގެ އިތުރުން ރެއިންބޯ ކޮންސްޓްރަކްޝަނާ ދެކޮޅަށެވެ.
ސިވިލް ކޯޓުގެ ހުކުމުގައިވަނީ މަސައްކަތް ކުރުމުން އަންނަ ވައިބްރޭޝަންގެ ސަބަބުން ބުޗާގޭގެ ފާރުގައި ރެނދުތައް އިތުރަށް ބޮޑުވެ, ފަސްގަނޑު ދޫވުމުގެ ސަބަބުން އިމާރާތުގެ އުތުރު ފަރާތުގެ އިންފާރު އަރިއަޅާލައި ސީލިންގްއިން ބައެއް ވެއްޓިފައިވާ ކަމަށެވެ.
އެ ގެއްލުންތައް ލިބެމުންދާކަން ރެއިންބޯ ކުންފުނީގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށް، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ދައުވާކުރާ ފަރާތުގެ އިމާރާތަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރުމަކީ އިމާރާތް ކުރުމުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.
އެހެންކަމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 232،000 ރުފިޔާ ރެއިންބޯ އިން ނަތާޝާއަށް ދައްކަން ޖެހޭ ކަމަށް ހުކުމްގައިވެ އެވެ.
އެ މައްސަލާގައި އިމާރާތަށް ގެއްލުންވުމުން ބުޗާގެއާގޭގެ ކުއްޔަށް ދީފައި ހުރި ދެ ފްލޯއަކުން މީހުން ހުސްކުރަން ޖެހުމުން ލިބެމުންދިޔަ ކުލީގެ ފައިސާ ގެއްލި، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 236،000ރ. އެކީ އެއްފަހަރާ ނަގައިދިނުމަށް އެ މައްސަލާގައި އެދުނެވެ. އަދި ގެއްލުންތައް މަރާމާތުކުރުމަށް ހިނގާ މުއްދަތުގައި ކޮންމެ މަހަކަށް 29،000ރ. ހޯދުމަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ