މަސާޖުޕާލާކުން މރޭ ހައްޔަރުކުރި މީހުންގެ ތެރެއިން ތައިލޭންޑު ތިން އަންހެނުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލުމާތަގާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ހިންގި އެ އޮޕަރެޝަންގައި ހައްޔަރުކޮށްފައި ވަނި 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑުގެ 30 އަހަރުގެ ދެ އަންހެނުންގެ އިތުރުން 28 އަހަރުގެ އަންހެނެއް ކަމަށް ފުުހުން ބުންޏެވެ.
ފުލުހުން ބުނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާއެކު ފިރިހެން މީހާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި ތައިލެންޑު ތިން އަންހެނުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ފަހަކަށް އައިސް، ފުލުހުން ގެންދަނީ ހަށިވިއްކާތަންތަން ބަލައިފާސްކޮށް، އެފަދަ ތަންތަން ބަންދުކުރަމުންނެވެ.
މާލޭ ސަރަހައްދުން އެކަނި ވެސް އެކިއެކި ނަންނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި