ގަވާއިދާ ހިލާފަށް ޓޭކްއަވޭ ކޮފީ ވިޔަފާރި ހިންގަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިއަދު ބުނީ އިއްޔެ ހަވީރު ޖޮއިންޓު ޓާސްކް ފޯސް ޓީމުން ހުޅުމާލެ ފޭސް އެކެއްގައި ގަވާއިދާ ހިލާފަށް ޓޭކް އަވޭ ކޮފީ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ތަންތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން 8 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި އިތުރަށް މައްސަލަ ބަލަމުން އަންނާނެ ކަމަށް ވެސް ބުންޏެވެ.
މިދިޔަ މަހު ޖޮއިންޓު ޓާސްކް ފޯސް ޓީމުން ވަނީ ގަވާއިދާ ހިލާފަށް މާލޭގައި އުޅެމުންދިޔަ، 50 ވަރަކަށް ބިދޭސީން އަތުލައިގެންފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ހުޅުމާލެ އިނޑިޔާ އެމްބަސީ ދޮރުމަތީގައި މަގު ހުރަސް ކުރީމާ ގަސްގަނޑެއްގެ ދޭތެރޭ އެބަ އިން ޓްރެވަލް އެޖެންސީ އެއް ބޭރު މީހުން އޮޕަރޭޓް ކުރާ. އެތަނުގައި ދޮރު މަތީ އިންނަނީ ދިވެހި ފުލުހެއް. އެމްބަސީ ޑިއުޓީ ފުލުސް މީހާ ޑިއުޓީއަށް އިންނަނީ ޓްރެވަލް އެޖެންސީ ދޮރުމަތީގައި. މަޖާ ކަމެއް މިއީ.
ހަމީދު