އެކާވީސް ވަނަ ގަރުނަކީ ޓެކްނޮލަޖީގެ ގަރުނެއް ކަމަށާއި އެހެންކަމުން ޓެކްނޮލަޖީ އަކީ ބޭނުންތެރި އެއްޗަކަށް ހަދާ މުޖުތަމައުގެ ލާބައާއި ކުރިއެރުމަށް އެ ޓެކްނޮލޮޖީ ބޭނުންކުރަން ޖެހޭ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު ޑރ. ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
ޝަންގްހާއި އޯގަނައިޒޭޝަން ކޯޕަރޭޝަން (އެސްސީއޯ) ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަރާތުން ބަޔާން އިއްވަވަމުން ޖައިޝަންކަރު ވިދާޅުވީ އިންޑިއާ އަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ނެޝަނަލް ސްޓްރެޓެޖީއެއް އެކުލަވާލައި "އޭއައި މިޝަން" އިފްތިތާހް ކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށެވެ. އެހެންކަމުން ޖައިޝަންކަރު ވަނީ "އޭއައި ފޯ އޯލް" އަށް ދޭ އަހައްމިޔަތުކަން އެސްސީއޯގެ އޮނިގަނޑުގެ ތެރޭގައި ހިމެނުމަށް އެދިވަޑައިގެންފައެވެ.
އިންޑިޔާއަކީ މި ސަރަޙައްދުގެ ރައްޔިތުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއްކަން ފާހަގަކުރައްވަމުން ޖައިޝަންކަރު ވަނީ އެގައުމުތަކާއެކު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކާއި މަޝްރޫއުތަކާއި އެހެނިހެން ހަރަކާތްތަކުން އެކަން ހާމަވާނެ ކަމަށް ވިދާޅުވެފައެވެ.
ޖައިޝަންކަރު ވިދާޅުވީ ދުނިޔޭގައި މިހާރު ހިނގަމުންދާ އެތައް ކަމެއްގެ އަސަރު ގައުމުތަކަށް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ އެއްވުމަކީ، މިކަންކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޓަކައި، އެއް ހަމައެއް ހޯދުމުގެ މަގުސަދުގައި ބާއްވާ އެއްވުމެއް،" ޖައިޝަންކަރު ވިދާޅުވިއެވެ.
އެސްސީއޯ ސަމިޓުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވަނީ ޓެރަރިސްޓުންނަށް ހިމާޔަތްދީ ޓެރަރިޒަމަށް ހިތްވަރުދޭ ގައުމުތައް އެކަހެރިކުރުމަށް ދުނިޔޭގެ މުޖުތަމައުގެ ކިބައިން އެދިވަޑައިގެންފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ