ރާއްޖޭގެ މަނިޓަރީ ސިޔާސަތު ފެއިލްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންސީ ހައުސްގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވިއިރު ކުރީ ސަރުކާރުން ވާރުތަވި މައްސަލަތަކެއް ހުރި ކަމަށާއި އޭގެތެރެއިން އެއް މައްސަލަ އަކީ މަނިޓަރީ ސިޔާސަތު ފެއިލްވެފައި އޮތުން ކަމަށެވެ.
ސައީދު ވިދާޅުވީ ކުރީ ސަރުކާރުން ގާތްގަނޑަކަށް 7 ބިލިއަނާއި 7.5 ބިލިއަނާއި ދެމެދުގެ އަދަދަކަށް ފައިސާ ޗާޕު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ފައިސާ ޗާޕު ކުރުމަށް ވުރެވެސް ނުރައްކާތެރިކަން ކަންކަން މަނިޓަރީ ސިޔާސަތުތަކުގެ ތެރެއިން ތަންފީޒު ކޮށްފައި އެބަހުރި ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
"އޭގެތެރޭގައި ޖުމްލަ 15800 މިލިއަން ނުވަތަ 15.8 ބިލިއަން ރުފިޔާގެ އަދަދަކަށް އެކި ނަންނަމުގައި ސެންޓްރަލް ބޭންކަކުން ސަރުކާރަކަށް ދެވޭނެ ހުރިހާ ސެކިއުރިޓީޒް ހިމެނޭ ތަފާތު ނަންނަމުގައި ކޭޝް އިންޖެކްޓު ކޮށްފައި ހުރީ އެމްޑީޕީގެ ސަރުކާރުން،" ސައީދު ވިދާޅުވިއެވެ.
ސައީދު ފާހަގަކުރެއްވި ގޮތުގައި އެ 15.8 ބިލިއަންގެ ތެރޭގައި ފައިސާ ޗާޕުކުރި 7 ބިލިއަން ހިމެނޭ ކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ވާރުތަވި އަނެއް ކަމަކީ 8 ބިލިއަން ޑޮލަރުގެ ދަރަނިކަން ސައީދު ފާހަގަކުރެއްވިއެވެ. އެ އަދަދަކީ ރާއްޖޭގެ ޖީޑީޕީ އަށް ބަލާއިރު 126 ޕަސެންޓު ކަމަށް ސައީދު ވިދާޅުވިއެވެ. ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވިއިރު ގައުމު އޮތް ހާލަތުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވާލެއްވި ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރައީސް މުއިއްޒަށް ވާރުތަވި 8 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން 60 ޕަސެންޓަކީ ހަމައެކަނި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އުފެއްދި ދަރަނި ކަމަށާއި ބާކީ 40 ޕަސެންޓަކީ މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި އެކި ފަރާތްތަކުގެ ވެރިކަމުގެ ދަރަނިތައް ކަމަށެވެ.
ކުޑަ ހައިމާކަކުން ކުރެންދޫ ފަޅު ފުންކުރާތީ ޔާމީން ފާޑުވިދާޅުވެއްޖެ
އަންނަ އަހަރުގެ ބަޖެޓުން ބާކީ ހުރި ވައުދުތައް ފުއްދޭނެ: ރައީސް
މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ ރައީސަކަށް ފަރުޝަތު
ވެލާނާ އެއާޕޯޓުން ޑޮލަރުތައް ފޭރުނު މައްސަލާގައި ބަޔަކު ހައްޔަރަށް
ރިޒާ އިސްތިއުފާ ދެއްވުމުން، ހުސްނީ ޖޭއެސްސީގެ މެމްބަރުކަމަށް
އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
ކަލޭމެން ވެރިކަމުގަ ޗާޕްކުރި 4 ޕެލެޓް ރުފިޔާޔޯ، އަދި އެއްޕެލެޓް ގެއްލުނަސް،
ާސައުދާން