މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ބައެއް ގެތައް އަނދައި ހުލިވި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
ކެމިކަލް ރައްކާކުރާ ގުދަނެއްގައި ސެޕްޓެމްބަރު, 2019 ގައި ހިނގި އެ އަލިފާނުގެ ހާދިސާ ކޮންޓްރޯލްނުވެ, ކައިރީގައި ހުރި އެތައް ގެއެއް އަނދައި, ބޭނުން ނުކުރެވޭ މިންވަރަށް ގެއްލުންވި އެވެ. އެ ހާދިސާގައި އެކަކު މަރުވި އެވެ.
އޭގެ ތެރެއިން ހ. އީވާއު ކިޔާ ގެއަށް ލިބުނު ގެއްލުމަށް ބަދަލުގެ ގޮތުގައި 3.2 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރި އެވެ. އަދި ހ. އީރާނުގެއަށް ލިބުނު ގެއްލުންތަކަށް ބަދަލެއްގެ ގޮތުން 1.4 މިލިއަން ރުފިޔާ ދިނުމަށް ހުކުމް ކުރިއިރު, ހ. ރަދުވާނިގެއަށް ލިބުނު ގެއްލުމަށް 2.4 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ރޯވި ގުދަން ހިންގި ގްރީން ޕާތު ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ.
އެ މައްސަލަ އެ ކުންފުނީގެ ފަރާތުން އިސްތިއުނާފް ކުރުމަށްފަހު އެ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރަކަށް ހައި ކޯޓުގައި އެދުނެވެ.
ހައި ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ނެރުނު އަމުރުގައިވަނީ ސިވިލް ކޯޓުގެ ހުކުމުގެ ދަށުން އެ ކޯޓަށް ދައްކާ ބަދަލުގެ ފައިސާ ހައި ކޯޓުން ވަކި ގޮތެއް އަންގަންދެން އެއްވެސް ފަރާތަކަށް ދޫނުކޮށް ހިފެހެއްޓުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ