ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިފަހަރު ހޮސްޓްކުރާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް އިއްޔެ ފަށައިފިއެވެ.
އެ ކޮންގްރެސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ އެއާޕޯޓުތަކާއި، އެއާލައިންތައް އަދި ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ އިސް މަންދޫބުންނާއި ޓުއަރިޒަމް ބޯޑުތަކުން ބައިވެރިވެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ ރާއްޖެ އިން މަސައްކަތް ކުރަނީ އިންޑިއަން އޯޝަންގެ އިކޮނޮމިކް ހަބަކަށް ވާ ވަރުގެ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ކަމަށެވެ. އެއާޕޯޓު ތަރައްގީ ކުރަނީ އާ ޓެކްނޮލޮޖީގެ އެހީގައި ޕެސެންޖަރުންނާއި އެއާލައިންތަކަށް ބޭނުންވާ ފަދަ ޒަމާނީ ހިދުމަތްތައް ދޭ ތަނެއްގެ ގޮތުގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ކޮސްގްރެސްގެ ރަސްމީ ހަރަކާތްތައް ކުރުނބާ މޯލްޑިވްސް ރިސޯޓްގައި މިއަދާއި މާދަމާ ކުރިއަށް ދާނެއެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުން 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންގްރެސްގެ އިތުރު އިވެންޓްތައް ޝެރެޓަން މޯލްޑިވްސް، އަދި ކޮރޮސް ރޯޑްސްގެ ސައީ ލެގޫންގައި ކުރިއަށް ދާނެއެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސް އަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ނެޓްވޯކިން ބައްދަލުވުމެކެވެ. އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފުރަތަމަ ބާއްވާފައި ވަނީ 2010 ވަނަ އަހަރުއެވެ. މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ