ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، އެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ދައްތަ ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރާނެ ކަމުގެ އިންޒާރާ ދިނުމުން އޭނާ މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު 2021 ގައި މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެ ކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ދައުލަތުން ތުހުމަތު ކުރަނީ ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅެމުން، އެ ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި ކަމަށެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ލަމްހާގެ ދައްތަ ހާޒިރުކޮށް، ހެކިބަސް ނެގީ ދައުލަތުގެ ހެކިވެރިއެއްގެ ގޮތުންނެވެ.
އޭނާ ބުނީ ލަމްހާއަކީ ކޮއްކޮ ކަމަށްވާތީ އެ މައްސަލާގައި ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ދައުލަތަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ވަކި ގޮތަކަށް ހެކިބަސް ދޭން މަޖުބޫރު ނުވާނެ ކަމަށާއި އަދި ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ބަންދު ކޮށްގެން ގެންދާނެ ކަމަށް ދައުލަތުން ބުނުމުން ކޯޓަށް އައީ ކަމަށް އޭނާ ބުންޏެވެ.
ލަމްހާގެ ދައްތަ ބުނީ ލަމްހާ އާއި މާވިންއާ ރަށްޓެހިވެގެން އުޅޭތީ މޭރީ އާއި މާވިންއާ ދެމެދު މައްސަލަ ޖެހޭ ވާހަކަ ލަމްހާ ބުނި ނަމަވެސް މޭރީ މަރުވި ދުވަހު އެއްވެސް ހަމަނުޖެހުމެއް ހިނގިކަން އެނގިފައިނުވާ ކަމަށް އޭނާ ބުންޏެވެ.
ލަމްހާ އާއި މާވިންއާ އެކު އެ ދުވަސްވަރު އައިޖީއެމްއެޗްގައި މަސައްކަތްކުރި ދެ ނަރުހަކު ވެސް މިއަދު ހެކިބަސް ދިނެވެ. އޭގެ ތެރެއިން އެކަކު ހެކިބަސް ދިން ގޮތުގައި ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ލަމްހާ އޭނާގެ ގާތު ބުނެފައި ވެ އެވެ. މޭރީ އާއި މާވިން ނިސްބަތްވާ ފިލިޕީންސްގައި ވަރިކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ލަމްހާ އޭނާ ގާތު ބުނެފައިވާ ކަމަށް ވެސް އެ ނަރުސް މީހާ ބުންޏެވެ.
ދެ ވަނައަށް ހެކިބަސް ދިން ނަރުސް މީހާ ބުނިގޮތުގައި މާވިން އެހެން މީހަކާ އެކު ދައްކާފައިވާ ވާހަކަތަކެއްގެ ޗެޓްލޮގެއް މެސެންޖާ މެދުވެރިކޮށް މާވިން އޭނާ އަށް ފޮނުވި އެވެ. އެ ޗެޓްލޮގް ފަހުން ޑިލިޓްކުރަން މާވިން އެދުނު ކަމަށެވެ. ނަމަވެސް ފުލުހުންގެ އެދުމުގެ މަތިން ފުލުހުންނަށް އެ ޗެޓްލޮގްތައް ދައްކާފައިވާ ކަމަށް ނަރުސް ބުންޏެވެ.
ނަމަވެސް އެ ޗެޓްލޮގްތަކުގައި ހުރި ވާހަކަތަކެއް އޭނާ ބުނެފައެއް ނުވެ އެވެ. މީގެ އިތުރުން މޭރީ މަރުވުމުން ހޮސްޕިޓަލަށް ގޮސް ފޮޓޯތައް ނެގި ފުލުސް އޮފިސަރެއްގެ ހެކިބަސް ކޯޓުން މިއަދު ނެގި އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ