މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ރޭވެސް ހަތަރު ބިދޭސީއަކު އަތުލައިގެންފިއެވެ.
މޯލްޑިވްސް އިމިގްރޭޝަން އިން ރޭ ބުނީ ރޭ ވެސް މާލެ ސަރަހައްދުގައި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ތިން ތަނެއް ބަލައި ފާސްކޮށް، ބިދޭސީ އެއް ފިރިހެނަކާއި ތިން އަންހެނެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
"މިފަދަ ވިޔަފާރިތައް ހިންގަމުންދާ ބިދޭސީންނަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅައި، މި ރެއިޑްތައް ހުއްޓުމެއްނެތި އަދިވެސް ކުރިއަށްދާނެ،" އިމިގްރޭޝަނުން ބުންޏެވެ.
މިދިޔަ މަހު ޖޮއިންޓު ޓާސްކް ފޯސް ޓީމުން ވަނީ ގަވާއިދާ ހިލާފަށް މާލޭގައި އުޅެމުންދިޔަ، 50 ވަރަކަށް ބިދޭސީން އަތުލައިގެންފައެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ބިދޭސީންގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބެންދެން އެ މަސައްކަތް ހުއްޓާ ނުލާ ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވެފައވެެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ