މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ރޭވެސް ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭ މާލޭގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ ތިން ތަނަކާއި ދެ ފިހާރަ އާއި ކާބޯތަކެތި ޑެލިވަރީ ކުރަމުންދާ ތަނެއްގެ އިތުރުން އެއް ފިހާރަ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ބިދޭސީ 6 ފިރިހެނުން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް، ބިދޭސީން ވިޔަފާރި ކުރަމުން ދިޔަ ދެ ފިހާރައެއް ބަންދުކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ބިދޭސީންގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބެންދެން އެ މަސައްކަތް ހުއްޓާ ނުލާ ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވެފައވެެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ