ރައްޔިތުން މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތަކަށް ޖާގަ ދިނުމުގެ ގޮތުން މިއަދުގެ މަޖިލިސް ޖަލްސާ ނިންމާލައިފިއެވެ.
މިއަދު ބާއްވާފައި ވަނީ 20ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ 14ވަނަ ޖަލްސާއެވެ. މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ އޮތީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބާ ސުވާލު ކުރުމެވެ.
މިއަދުގެ އެޖެންޑާގެ ދެވަނަ މަސައްކަތެއްގެ ގޮތުގައި އޮތީ ފުނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ހުށަހަޅާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތެވެ.
ހުސް ވަގުތަށް ފަހު މަޖިލީހުގެ ޖަލްސާ އަލުން ފެށިއިރު މަޖިލީހުގެ ފްލޯގައި ތިއްބެވީ ވަރަށް މަދު މަޖިލިސް މެންބަރުންތަކެކެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ގިނަ މެންބަރުން ތިއްބެވީ ކޮމެޓީތަކުގެ މަސައްކަތްތަކުގައި ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތަކަށް ޖާގަ ދިނުމުގެ ގޮތުން މިއަދުގެ މަޖިލިސް ޖަލްސާ ނިންމާލިކަން އަބްދުއްރަހީމް އިއުލާން ކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ